ޚަބަރު

ވޯޓަށް 20 ދުވަސް: ބަޖެޓުގެ ބޭރުން ދެކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް ފަށައިފި

 

ށ.ކޮމަންޑޫ އާއި އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް އެމްޓީސީސީއިން އިއްޔެ ފަށައިފިއެވެ.

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ. މި ރަސްމިއްޔާތުގައި، ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާނު އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، 7.16 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅައިލެވޭނެ އެވެ.

ދެކޮމަންޑޫ ގުޅައިލުމުގެ އިތުރުން މި މަޝްރޫއުގެ ދަށުން ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ފެށުންވެސް ހިމެނެއެވެ. އެއީ 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތެވެ.
މިއީ 90.249 މިލިއަން ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ މިއަހަރަށް ބަޖެޓުކޮށްފައިވާ މަޝްރޫއެއް ނޫނެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން އަންނަނީ ގިނަ ވައުދުތަކެއް ވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button