ޚަބަރުސިޔާސީ

މާރިޔާގެ ގެކޮޅުގެ ދޮރުގައި ”އިންޑިއާ އައުޓު“ ޖަހައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގެ ދޮރުގައި ”އިންޑިއާ އައުޓު“ ޖަހައިފިއެވެ.

މާރިޔާގެ ގެކޮޅުގެ ދޮރުގައި ”އިންޑިއާ އައުޓު“ ޖަހާފައިވަނީ އޮރެންޖު ކުލައިގެ ސްޕްރޭއިންނެވެ.

ވެރިރަށް މާލޭގެ އެކި ސަރަހައްދުގައި ހުރި ގަސްގަހުގައި “އިންޑިއާ އައުޓު“ ބޯޑުތަކެއް އިއްޔެ ވަނީ އެލުވާފައެވެ. ސިނަމާލެ ބްރިޖު ސަރަހައްދު ކައިރީގައި ހުރި ގަސްގަހުގައި މި ބޯޑުތައް އެލުވާފައިވާއިރު، ދަރުބާރުގޭ ސަރަހައްދުގައި ހުރި ގަސްގަހުގައިވެސް ބޯޑުތައް އެލުވާފައިވެއެވެ.

“އިންޑިއާ އައުޓު” ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރު ނެރުއްވިފަހުން އެގޮތަށް ޝުއޫރު ލިޔެފައިވާ ކަރުދާސްތައް އެޅުމާއި، ފާރުތަކަށް ސްޕްރޭ ކުރުން ވަނީ ހައްދުފަހަނައަޅާ މިންވަރަށް މައްޗަށް ގޮސްފައެވެ.

އެގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މ.އެންދެރިމާގެ އިމާރާތުގެ ފާރުގައިވެސް “އިންޑިއާ އައުޓު” ޖަހާފައިވެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button