ޚަބަރުސިޔާސީ

ޝަރީއަތުގެ އަޑުއެހުމަށްފަހު ރައީސް ޔާމީން މާދަމާ ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ

މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި އޮންނަ ޝަރީއަތުގެ އަޑުއެހުމަށް ފަހު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ނިންމަވަފައިފިއެވެ.

އެމަނިކުފާނު ކޮމަންޑޫއަށް ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގައެވެ. މައިގަނޑު ބޭނުމަކީ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު މޫސާ ފަތުހީއަށް ކެމްޕެއިން ކުރެއްވުމެވެ.

އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިގޮތުގައި ކޮމަންޑޫ ދާއިރާގެ އަނެއް ދެ ރަށް ކަމަށްވާ ފޯކައިދޫ އާއި މަރޮށްޓަށްވެސް ޔާމީން ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެއަތޮޅު ވެރިކަން ކުރާ ރަށް ކަމަށްވާ ފުނަދޫ ރައްޔިތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމަށް އިންތިޒާމް ކުރާ ”އިންޑިއާ އައުޓް“ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށްވެސް ޔާމީން ވަޑައިގަންނަވާނެކަން ހީނާ ފާހަގަކުރެއްވިއެވެ.

ކޮމަންޑޫ ދާއިރާގެ 3 ރަށުގައިވެސް އިދިކޮޅުގެ އިސްވެރިންނާއި، އަންހެނުންގެ ހާއްސަ ޓީމަކާއި، ޒުވާނުންގެ ޓީމެއް ދަނީ ފަތުހީގެ ކެމްޕެއިނުގައި އަމަލީގޮތުން ބައިވެރިވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button