
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ދަތުރުފުޅުތަކުން ނަތީޖާ ނުފެންނަ ކަމަށް ބުނާނީ ގަމާރުކަމުން ކަމުގައި މުލިއާގޭގޭ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޓްރެޝަރާ ކަމުގެ މަގާމު އަދާކުރައްވަމުން އަންނަ މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިންގަޕޫރަށް ދަތުރު ފުޅުތަކެއް ކުރެއްވީ ބޭސްފަރުވާއަށްކަމަށާއި އަދި މި ދަތުރު ފުޅަށް ޚަރަދުކުރީ އިންޝުއަރަންސުންކަމަށެވެ. މީގެ އިތުރުން، މެލޭޝިޔާގެ އެއް ދަތުރަކީ ދަރިފުޅުގެ ޕްރޮސީޖަރ އަކަށް ކުރެއްވި ދަތުރުފުޅެއްކަމުން އަމިއްލަ ޓިކެޓް އަދި ސެކިއުރިޓީ ބޭފުޅުންގެ ޓިކެޓްވެސް ނަންގަވާފައިވާނީ އަމިއްލައަށްކަމަށެވެ.
ދަތުރުތަކުން.. pic.twitter.com/Ay86Fmj07A
— Ahmed Musthafa (@musthonomics) September 24, 2022
ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ދިވެހިންނަށް އޮން އެރައިވަލް 90 ދުވަހުގެ ވިސާ ހަމަޖައްސައިދެއްވީ ރައީސް ޔާމީންގެ އެދިލެއްވުމަކަށްކަމާއި، މާލޭގެ އިރުމަތީފަރާތުގައި ރާއްޖޭގެ އެންމެ ބޮޑު އެއް މިސްކިތް ވެސް ހުންނާނެ ކަމަށެވެ. މީގެ އިތުރުން، ޗައިނާއަށް ވަޑައިގެން ވިދާޅުވީ “އައި ވޯންޓް ޓު ބިލްޑް ހޯމްސް ފޮ މައި ޕީޕަލް”ކަމަށާއި ނަތީޖާ ނުފެންނަނީނަމަ ލޮލަށް ނުފެންނަނީ ކަމަށާއި ބްރިޖް ނުފެންނަ ނަމަ ގަމާރީ ކަމަށެވެ.
މުސްތަފާ ވިދާޅުވެފައިވަނީ ޔޫ އޭ އީ އަށް ވަޑައިންނެވީ މާފަރު އެއާރޕޯޓް ގެ ޕްރޮޖެކްޓަށްކަމަށެވެ. އަދި ދިވެހިންނަށް އޮން އެރައިވަލް ވިސާ ހޯދުމުގެ ބޭނުމުގައި ކަމަށާއި ތައިލޭންޑަށް ވަޑައިގަންފައިވާނީ ކްރޮސް ރޯޑް ޕްރޮޖެކްޓަށް ކަމަށެވެ.
ޔާމީނުކަމަކީ ލާރިކޮޅު ގުނަގުނައިގެން ގެންގޮސް ސިންގަޕޫރުގަ ފޮރުވުން ،ކަންކަން ކުރަން ދަތުރުކުރީ އަދީބު