ޚަބަރުސިޔާސީ

މިނިމަމް ވޭޖް ވަރަށް އަވަހަށް ކަނޑައެޅޭނެ: ފައްޔާޒް

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގެ ގޮތުގައި ދެވޭނެ މިންވަރު އަވަސް މުސްތަގުބަލެއްގައި ކަނޑައެޅިގެންދާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ރ. އަލިފުށީގައި ޖޮބް ސެންޓަރުގެ ހިދުމަތް އިފްތިތާހް ކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ފައްޔާޒް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ލަސްތަކެއް ދިމާވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ބޭނުންވާ ވަރަށް ވުރެ އެކަން އޮތީ ލަސްވެފައި. ނަމަވެސް އަނެއްކާ ވެސް މިފަހަރު ވެސް ފާހަގަކޮށްލެވޭނީ ވަރަށް އަވަސް މުސްތަގުބަލެއްގައި އެކަން ކަނޑައެޅިގެންދާނެކަމާ މެދު އެއްވެސް ޝައްކެތް އެއްވެސް ބޭފުޅަކު ނުކުރެއްވުމަށް.“ ފައްޔާޒް ވިދާޅުވިއެވެ.

މިދިޔަ އަހަރު ވަޒީފާ އާއި ބެހޭ ގާނޫނަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އިކޮނޮމިކް މިނިސްޓަރަށް ވަޒީފާއާއި ބެހޭ ގާނޫނުން ލާޒިމް ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button