ޚަބަރުސިޔާސީ

ރައީސް ޔާމީން ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައެއްނުގަންނަވާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގަންނަވާ ވާހަކަ އަކީ ދޮގެއްކަމުގައި އެމްނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެކިފަރާތްތަކުން ފަތުރަމުންގެންދާ ހަބަރަކީ އެއްވެސް ޙަގީގަތެއް ނެތް ވާހަކަތަކެއް ކަމުގައިއެވެ.

ރައީސް ޔާމީނަކީ ކްރިމިނަލް ކޯޓުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ފަރާތަކަށްވެފައި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާޢިދުތައް ހުއްދަނުކުރާ މިބާވަތުގެ ކަންތައްތައް އެމަނިކުފާނު ނުކުރައްވަވާނެ ކަމުގައިވެސް ޝިޔާޒް ވިދާޅުވިއެވެ.

ޝިޔާޒް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެ ޙަގީގަތާއި ހިލާފް ހަބަރުތައް ނުފެތުރުމަށް ހުރިހާ ހަބަރުފަތުރާ ވަސީލަތްތަކާއި، ނޫސްތަކާއި އަދި ލޮބުވެތި ދިވެހި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވާކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button