ޚަބަރުސިޔާސީ

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވައިފި!

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމުގެ މަތިން ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރައްވައިފިއެވެ.

މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފައިވާއިރު އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން އެދިވަޑައިގެންފައެވެ.

ޑރ. މުއިއްޒު އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވި އިރު، އެމަނިކުފާނުގެ ފުރަތަމަ ވަޢުދުފުޅު މިވަނީ ފުއްދަވައިފައެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ކުރިއަށް މިއޮތް ދުވަސްތަކަކީ ރައްޔިތުން އުންމީދުކުރާ ކަންކަން ގެނެސްދޭނެ ދުވަސްތަކެއް ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނާނީ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button