ޚަބަރު

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނަނީ ވައްކަންތައް ފޮރުވަން : އަދާލަތު

ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒުފޯރުވާ ކަމަށް ބުނެ ދޮގު ވާހަކަތަށް ފަތުރަމުން ދަނީ ކުރީ ސަރުކާރުން ކޮށްފައިވާ ވައްކަންތަށް ފޮރުވުމަށް ކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ.

އަދާލަތު ޕާޓީ އިން މިހެން ބުނެފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވައި ޝަރީއަތްތަކަށް ނުފޫޒު ފޯރުއްވާ ކަމަށް ކުރީގެ ފަނޑިޔާރުންތަކެއް ތުހުމަތު ކުރެއްވުމާ ގުޅިގެން އަލީ ޒާހިރުގެ ދިފާއުގައި އެޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާގެ އަގު ވައްޓާލުމާއި އަދުލު އިންސާފަށް ހުރަސް އެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް ކުށްވެރި ކުރާ ކަމުގައެވެ.

ޝަރުއީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫން، އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކުރީގެ ފަނޑިޔާރުންނާއި ވަކީލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު އަދި ކުރިމިންލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވަނީ އަލީ ޒާހިރު ކޯޓުތަކަށް ނުފޫޒުފޯރުވާ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button