ޚަބަރު

މަސްގަތުން އަނެއްކާވެސް ސަރުކާރުން ލިމިޓުކޮށްފި

މަސްގަތުން އަނެއްކާވެސް ސަރުކާރުން ލިމިޓު ކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ މިފްކޯއިން ހިންގާ މަސްވެރިންގެ ވަޓްސްއެޕް ގްރޫޕުގައެވެ.

އެގޮތުން މިފްކޯއިން ބުނީ މާދަމާއިން ފެށިގެން އެކުންފުނިން ގަންނާނީ ކޮންމެ ދޯންޏަކުން 7 ޓަނުގެ މަސްކަމުގައެވެ. އަދި ކިއު ތަރުތީބުން މަސް ކިރޭނެ ކެޕޭސިޓީއަށްވެސް ބަލާނެކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ބާނާ މަސް ނުކިރުމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މަސްވެރިން ވަނީ އަންގާރަ ދުވަހު ކޫއްޑޫގައި މުޒާހަރާ ކޮށްފައެވެ. އަދި މަސްވެރިންގެ ޕްރެޝަރު ބޮޑުވެ، މިދިޔަ ބުދަ ދުވަހު ކޫއްޑޫއިން ވަނީ މަސް ކިރާފައެވެ. 60 އަށް ވުރެ ގިނަ ދޯނި 900 އެއްހާ ޓަނުގެ މަސް ބާނައިގެން ނުކިރުމުގެ ސަބަބުން ފެށި މުޒާހަރާ ހޫނުވެ، އެސް އޯ ފުލުހުންވެސް ކޫއްޑޫއަށް ދިޔައެވެ.

ކޫއްޑޫއަށް ކިރި މަހުގެ ފައިސާ މާދަމާ ބައެއް ދޯނިތަކަށް ދޭނެ ކަމަށް ކޫއްޑޫއާ ހަވާލާދީ މަސްވަރިން ވަނީ ”ބޮންތި“ އަށް މައުލޫމާތު ހިއްސާކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button