2033 ވަނަ އަހަރު ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން ސްޓްރެޓެޖިކް ޕްލޭން ފާސްކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގެ ފޮޓޯތަކަކާއި އެކު ކުރެއްވި ޓުވީޓެއްގައެވެ.
”މާތް ރަސްކަލާނގެ އިރާދަފުޅުން ކުރިއަށް އޮތް 2033 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތުޕާޓީގެ ބޭފުޅެއް.“ އިމްރާން ވިދާޅުވިއެވެ.
ކުރިއަށް އޮތީ 2023ގެ އިންތިހާބެވެ. 2023ގެ އިންތިހާބުގައި އަމަލު ކުރައްވާނެ ގޮތެއް އިމްރާން ވިދާޅުނުވި ނަމަވެސް އަދާލަތު ޕާޓީ މިހާރުވެސް އޮތީ އެމްޑީޕީ އާއިއެކު ކޯލިޝަންގައެވެ.
އަދާލަތު ޕާޓީއަކަށް ، އަދާލަތުޕާޓީގެ ބޭފުޅަކަށް މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ގެ މަޤާމެއް މިޤައުމުގެ ރައްޔިތުން ޙަވާލެއްނުކުރާނެ./
Imran ah Imran olhunee midhauruga Home Minister akah hureema heevey 2032 vana aharuge riyaasee Inthihaabu ga hovidhaane kamah dhen aharumen hovaanee Qasim Ibrahim thi adhaalathakaa gaaiy ves nuvaanan.