
އަލުން ނިޒާމީ ވޯޓަކަށް ދިއުމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް ( އެމްއާރުއެމް ) އިން އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެ ކަމުގައި އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މައުމޫން ވަނީ މީގެ ކުރިން ވެސް ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމުގައި ވިދާޅުވެފައެވެ.
ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެއް ވިދާޅުވިޔަކަސް އަލުން ނިޒާމީ ވޯޓަކަށް ދާކަށެއް އެއްވެސް އިރެއްގައި އެމް އާރް އެމް އިން އެއްބަސް ވެފައެއް ނޯންނާނެ
— Maumoon Abdul Gayoom (@maumoonagayoom) September 5, 2021
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަށް ތާއިދު ހޯދުމަށް މަސައްކަތް ތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.