އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަދެއްކުމަކުން ޙާސިލްވާނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި މިވަނީ މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިނިސްޓަރ އިމްރާން އަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއް ކަމަށް ވިދާޅުވެފައިވާ ވަގުތެއްގައެވެ.
މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓް ގައި ވިދާޅުވެފައިވަނީ އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަދެއްކުމަކުން ނުވަތަ ކުރު މުއްދަތެއްގެ މަދު މަސައްކަތުން ޙާސިލްވާނެ ކަމެއް ނޫންކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ”ހެޔޮ ބަދަލެއް ގެނެވޭނީ އެއް އަމާޒަކަށް ދިގު މުއްދަތަކަށް ފޫހިކަމެއް ނުވަތަ ވަރުބަލިކަމެއް ނެތި ކުރެވޭ ގިނަ ބުރަ މަސައްކަތުންކަމަށެވެ“
Islahee masahkathakee hama ekani vaahaka dhekkumakun nuvatha kuru muhdhathehge madhu masahkathakun vaane kameh nooneve.heyo badhaleh geneveynee eh amaazakah,dhigumuhdhathakah,foohikameh varubalikamehnethi kurevey gina,bura masahkathunneve.
— Imran Abdulla (@ShimranAb) August 31, 2022
މިފަހަކަށް އައިސް ސަރުކާރު ކޯލިސަން ގެ މައިޕާޓީ އެމްޑީޕީގެ ވެރިން އަދި މަޖިލިސް މެންބަރުން އައްނަނީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަށް އެކި ކަން ނުވާކަމަށާ ހަމައެކަނި އޮއްނަނީ އަންގައެއް ކަމަށް ބުނަމުންނެވެ.