
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އަކީ ރައްޔިތުންނަށް ޖެހިފައިވާ ތަކުލީފެއް ކަމުގައި މިސަރުކާރުގެ ފުރަތަމަ އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިމިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެކަމުގައި ބުނި ނަމަވެސް ސަރުކާރާއި މެޖޯރިޓި ލިބުމުން ރައީސް ސޯލިހު މުލިއާގޭ ހޮހަޅަ އަށް ވަންގޮތަށް ނުނިކުންނަވާ ކަމުގައެވެ.
ވަޢުދުވީ މަޖިލިސް މެޖޯރިޓީ ލިބިއްޖެއްޔާ ހުރިހާ ކަމެއްކޮށްދޭނަމޭ. މެޖޯރިޓީއާއި ސަރުކާރު ލިބުނީމަ އެއްބޭފުޅަކު މުލިޔާގޭ ހޮހަޅަޔަކަށް ވަންގޮތައް ނުނިކުންނަވާ, އަނެއް ބޭފުޅާ ފިއްލަވައިގެން ބޮޑު މުސާރަ ނަންގަވާ އިގިރޭސިވިލާތު. އެމްޑީޕީއަކީ ރައްޔިތުންނަށް ޖެހިފައިވާ ތަކުލީފެއް.
— Mohamed Maleeh Jamal (@maleehjamal) September 5, 2021
މަލީހު ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުއަށް ވެސް ވަަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ނަޝީދަކީ ފިއްލަވަިގެން ހުންނަވާ ބޮޑު މުސާރަ ނަންގަވާ ބޭފުޅެއްގެ ގޮތުގައި މަލީހު ވަނީ ސިފަ ކުރައްވާފައެވެ.