ޚަބަރުސިޔާސީ

ސަލާމަތީ ބާރުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް ބޭނުންވޭ: ޑރ.ޖަމީލް

ސަލާމަތީ ބާރުތަކުގެ ހުވާގެ އަސާސް ކެންޑި ފަޚުރު ނެގެހެއްޓޭނީ ހަރުދަނާ ފިޔަވަޅު ތަކެއް އަޅައިގެންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ހުވާގައި އެން މެބޮޑަށް ބާރު އަޅާފައިވާ އަސާސީ ރުކުނަކީ އިސްލާމްދީން ދިފާޢުކުރުން ކަމުގައެވެ. މިފަހަކަށް އައިސް ސަލާމަތީ ބާރުތަކުން އަމަލީގޮތުން މަސްތުވާތަކެތީގެ ހުތުރު އަމަލު ހިންގުމަކީ އެ އިދާރާތަކަށް ކުރަމުން އައި އިޙުތިރާމާއި އިތުބާރު ގެއްލިދާނެކަމެއް ކަމަށާއި، އެއީ ނުހަނު ކަންބޮޑުވާން ޖެހޭކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނިމިދިޔަ ހަފްތާއަކީ ސަލާމަތީ ބާރުތަކުގެ ބައެއް ބޭޅުންގެ މައްޗަށް މަސްތުވާތަކެއްޗާއި، ބަގުރާ ގެންގުޅުމާ، އެތަކެތި ބޭނުން ކުރުމާއި އަދި މާރާމާރީ ހިންގުމުގެ އެކި ކަހަލަގެ ކުއްތަކާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް އަމާޒުވި ހަފްތާއެކެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button