ޔޯގާ ޑޭ ހުއްޓުވަން ދަނޑަކަށް ނުވަންނަން، މަހުލޫފް ހެދީ ދޮގެއް: ސަލަފް

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ޔޯގާ ޑޭ ހަރަކާތް ހުއްޓުވާލީ ޖަމިއްޔަތުއް ސަލަފުން ކަމަށްބުނެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ހެއްދެވީ އިތުރުފުޅެއް ކަމަށް އެޖަމުއިއްޔާއިން ބުނެފިއެވެ.
މިކަމާ ގުޅިގެން ޖަމިއްޔަތުއް ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޯގާ ޑޭ ހަރަކާތް ހުއްޓުވައި އެހަރަކާތުގައި ބައިވެރިވި ޑިޕްލޮމެޓުނަށް ހަމަލާދިނީ ޖަމިއްޔަތުއް ސަލަފުން ކަމަށް ބުނެ މިނިސްޓަރ މަޙްލޫފު ހައްދަވާފަައިވަނީ އިތުރުފުޅެއް ކަމަަށެވެ. މަދަނީ ޖަމުއިއްޔާތަކުގެ ބެލެނިވެރިއެއްގެ ގޮތުގައި ހުންނަވައި، ކަމުގެ ހަގީގަތް ބެލުމެއްނެތި އެފަދަ ތުހުމަތެއް ކުރުމަކީ އެޖަމުއިއްޔާއާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކޮށްފައިވާ ޒިންމާދާރުކަން ކުޑަ، ނާތަޙުޒީބު ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އެޖަމުއިއްޔާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށީއްސުރެ އެކަމުގެ ހުކުމާމެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެޖަމުއިއްޔާއިން މަސައްކަތއކުރި ނަމަވެސް، އެއްވެސް ހާލެއްގައި ގައުމުގެ އަމަން އަމާންކަން ނަގާލައި، މުދަލަށް ގެއްލުންދީ، ސަލަމާތި ބާރުތަކާ ކުރިމަތިލުމަށް ތާއީދު ނުކުރާނެ ކަމަށެވެ.
އެޖަމުއިއްޔާއިން ބުނިގޮތުގައި މި ހަރަކާތަކީ އެޖަމުއިއްޔާއާއި އެއްވެސް ގުޅުމެއް އޮތް ހަރަކާތެއް ނޫނެވެ.
Laa dhee nee mahuloof thedhenu hadhaane adhi A na varah rulhi araane dhee nee ilm verin dheke