ޚަބަރުސިޔާސީ

އުފާވަނީ ނުވާނެއޭ ބުނި ކަންތައް ކުރެވި، ޔާމީން މިނިވަން ވީމަ: ޑރ.ޖަމީލް

އުފަލަކީ ނުވާނެއޭ ބުނި ކަންތައް ކުރެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންވެގެން ދިޔުން ކަމުގައި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ސުޕްރީމް ކޯޓުން މިއަދު މިިނިވަން ކުރުމާގުޅިގެން ޕީޕީއެމް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ވަކީލުންގެ ޓީމުން ކުރީ ބުރަ މަސައްކަތެއް ކަމުގައެވެ. އެ މަސައްކަތުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ދަތިތަކެއް ކުރިމަތިވެގެން ދިޔަ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޖަމީލް ފާހަގަކުރެއްވިގޮތުގައި ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ފެށި ހިސާބުން ފެށިގެން އެ މަސައްކަތް ހުއްޓާލުމަށާއި އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތް ވަކީލުންގެ ޓީމަށް ނުކުރެވޭނެ ކަަން ސިޔާސީ ގޮތުން ގާތް އަދި ދުރު ބޭފުޅުން ވިދާޅުވަމުން ގެންދެވިއެވެ.

”ކައިރިންނާއި ދުރުން ބުނަމުން ދިޔައީ ތިކަމެއް ނުވާނެއޭ. އުފަލަކީ ނުވާނެއޭ ބުނި ކަންތައް ކުރެވުނީމަ. އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ރައީސް ޔާމީންގެ އާއިލާގެ ފަރާތުން. ދެން ދެ ޕާޓީގެ އާންމު މެންބަރުން. ދެން ލީޑާޝިޕަށްވެސް.“ ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވިގޮތުގައި އެމަނިކުފާނު ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ބަދަލުގައި އެއްވެސް އެެއްޗެއް ބޭނުންފުޅު ވެގެނެއް ނޫނެވެ. އަދި މިވަގުތުގެ ފޯކަސް އޮތީ ސަރުކާރުން ކުރިޔަށް އޮތް ތަނުގައި ޔާމީނަށް ކުރިމަތިކޮށްފާނެ ތުރާތަކާއި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button