ޚަބަރުބްރޭކިންގ ނިއުސް

މާލެ ގެއެއްގެ ތެރޭގައި ގޭސް ފުޅިއެއް ގޮވާ އަންހެނަކު ފިހިއްޖެ

މާލެ ގެއެއްގެ ތެރޭގައި ގޭސް ފުޅިއެއް ގޮވާ އަންހެނަކު ފިހިގެން ފަރުވާ ދޭން ފަށައިފިއެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ހާމަކުރިގޮތުގައި ހާދިސާ ހިނގާފައިވަނީ މާފަންނު ދިލީވިލާ ކިޔާ ގެއެއްގައެވެ. އަދިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމުގައި އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ މ. ދިލީވިލާގައި ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު އަންހެންމީހާ އަށް މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުން ދާއިރު، މަޢުލޫމާތު ލިބިފައިވާގޮތުން އޭނާގެ މޫނުން ބައެއް ވަނީ ފިހިފައެވެ.

މާލޭގައި މިފަދަ އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގިނަ ޕްރޮގްރާމްތަކެއް އެމްއެންޑީއެފުން ވަނީ ހިންގާފައެވެ. އަދި ދޭތެރެއަކުން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button