ޚަބަރު

މިހިނގާ އަލިފާނުގެ ހާދިސާތަކަކީ އިންތިހާބާ ދިމާކޮށް ބަޔަކު ގަސްތުގައި ކުރާކަމެއް: މާރިޔާ

މިހާރަކަށް އައިސް މި ހިނގާ އަލިފާނުގެ ހާދިސާތަކަކީ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ވަކި ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ ބައްލަވާލެއްވުމަށް، އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ދެއްކެވި ވާހަކަފުޅުގައި، މިނިސްޓަރު މާރިޔާ ވިދާޅުވީ މީގެ ކުރިންވެސް ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް، އިންތިހާބަކާ ދިމާކޮށް ހިނގި ކަމަށާއި، މިފަހަރުވެސް މިއީ އެފަދަ އަމަލެއްކަމަށް ވެދާނެކަމަށެވެ.

މިއީ ގަސްތުގައި ބަޔަކު ކޮށްފައިވާކަމެއްކަމަށް މޭރުންވާ ގޮތަކަށް މާރިޔާ ވިދާޅުވެފައިވާއިރު، މި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅުވައިގެން، މާލެއާ ރާއްޖެތެރެ ހިމެނޭގޮތަށް ބޮޑު ތަހުގީގެއް ކުރުމުގެ މަސައްކަތް ފަށައިފިކަމަށް ސީޕީ ހަމީދުވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ހާދިސާ ތަކާ ގުޅިގެން ކުރާ ތަހްގީގުގައި އާންމުންގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މާލެއާއި އތޮޅުތެރޭގައި އާދަޔާ ހިލާފަށް އަލިފާނުގެ ހާދިސާތައް އިތުރުވެފައިވާއިރު، އޭގެތެރޭގައި މި ހޮނިހިރު ދުވަހު ގދ. ފިޔޯރީ ސުކޫލުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ އާއި އަލިފުށީ ކުނިގޮނޑުގައި ހިނގައިދިޔަ ހާދިސާ އާއި މިދިޔަ އަހަރު މާލޭގެ ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަދި ތިލަމާލެ ބްރިޖް ހެދުމަށް އެފްކޮންސް މުވައްޒަފުން ތިބޭ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button