ޚަބަރު

މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ނީލަން ފިހާރަ ހުންނަ ސަރަހައްދު ބައްލަވާލަން މޭޔަރު ވަޑައިގެންފި

މާލެ ސިޓީގެ، ނީލަން ފިހާރައިގައި އިއްޔެ ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން އެސަރަހައްދު ބައްލަވާލަން، މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވައިފިއެވެ.

ނީލަން ފިހާރައިގައި އަލިފާން ރޯވެ އަނދާ ހުލިވެފައިވާއިރު، އެ އަލިފާން ވަނީ އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކްތަކަށްވެސް ފޯރާފައެވެ. އަދި އެތަނުން އެއް ބްލޮކް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

ޑރ. މުއިއްޒު އެ ސަރަހައްދު ބައްލަވާލަން ވަޑައިގެންނެވިއިރުވެސް އަލިފާން ކޮންޓްރޯލްކުރެވިފައި ނުވެއެވެ. އެވަގުތު، ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް ތަކުގައި ދިރިއުޅޭ ބިދޭސީން އެތަނުން ބަދަލުކުރުމުގެ މަސައްކަތް ޑިސާސްޓާ ސެންޓަރުން ކުރިއަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަން އެނގިފައިނުވާއިރު، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުންވެސް އެއްވެސް މީހަކު ފެނިފައިނުވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button