ޚަބަރުސިޔާސީ

ރަސޫލާއަށް ފުރައްސާރަކުރާ މީހުން މުސްލިމް ގައުމަކަށް ބޭނުމެއް ނުވޭ: ކުރީގެ ސީފީ

ރަސޫލާއަށް ފުރައްސާރަ ކުރާ މީހުން މުސްލިމް ގައުމަކަށް ބޭނުން ނުވާކަމުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

ހުސެއިން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ބަސްބުނަން ނުކެރޭ ދިވެހި ސިޔާސީ މީހުންނަކީ ކީއްކުރާ ބައެއްތޯ ސުވާލު ކުރައްވައި އެމީހުންގެ ބޭނުން ކެނޑިފައިވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

”ރަސޫލާއަށް ފުރައްސާރަ ކުރުމުން ދިވެހިންނަށް އުދަނގޫވާނެ، އަސަރު ކުރާނެ.“ ހުސެއިން ވިދާޅުވިއެވެ.

އެފަދަ ކަންކަން ވަރިހަމަ މީހުން ދިވެއްސަކަށް ވުމުގެ ކުފޫ ހަމަނުވާ ކަމަށާއި، އެފަދަ މީހުންނަކީ ރާއްޖެ ފަދަ %100 މުސްލިމު ގައުމެއްގައި ބޭނުން ބައެއްނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ މައުޟޫގައި ނުފޫޒަށް ހެއްލޭ މީހުން އެއްވެސް މީހަކަށްވެސް ނުވާކަމުގައި ހުސެއިން ވިދާޅުވިއެވެ.

”ދިވެހިންނަކީ އެހާނުކުޅެދޭ ބައެއްނޫން. ރިޒުގުދެއްވަނީ ﷲ، ދެން ކޮންބިރެއް، ކޮން ނުފޫޒެއް.“ ހުސެއިން ވިދާޅުވިއެވެ.

ރަސޫލާއަށް ފުރައްސާކުރި ބީޖޭޕީގެ ތަރުޖަމާނަކަށް ހުރި ނުޕޫރު ޝަރުމާ ދިފާއުވާ ފަދަ ގޮތަކަށް އެކަން ކުށްވެރިކޮށް ސަރުކާރުން ވަނީ ކަމުގެ މުއާލާތް ކެނޑުނުފަހުން ބަޔާނެއް ނެރެފައެވެ.

އެ މައްސަލައިގައި އިސްލާމީ ގައުމުތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ރާއްޖެއިން ބޭރު އަދި ރާއްޖޭގެ އިލްމުވެރިންނާއި، ދިވެހިންގެ އެތައް ހާސްބައެއްގެ ފާޑިކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ނެރުނު ބަޔާނުގައި ކުށްވެރިކޮށްފައިވަނީ ބީޖޭޕީގެ އޮފިޝަލުންތަކެކެވެ.

ނުޕޫރު ޝަރުމާ ސަސްޕެންޑު ކުރުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާއަށް ތާއީދުކޮށްފައިވަނިކޮށް ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެކަމަކު ނުޕޫރު ކުރި އަމަލު އެއްވެސް ވަރަކަށް ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި މޯދީ އޭނާ އަށް ތާއީދު ކުރުމުންވެސް އެކަން ކުށްވެރި ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button