ޚަބަރުސިޔާސީ

ރަސޫލާއަށް ފުރައްސާކުރި ފަރާތް ދިފާއުވާ ފަދަ ގޮތަކަށް ސަރުކާރުން ބަޔާނެއް ނެރެފި

ރަސޫލާއަށް ފުރައްސާކުރި ބީޖޭޕީގެ ތަރުޖަމާނަކަށް ހުރި ނުޕޫރު ޝަރުމާ ދިފާއުވާ ފަދަ ގޮތަކަށް އެކަން ކުށްވެރިކޮށް ސަރުކާރުން ބަޔާނެއް ނެރެފިއެވެ.

އެ މައްސަލައިގައި އިސްލާމީ ގައުމުތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ރާއްޖެއިން ބޭރު އަދި ރާއްޖޭގެ އިލްމުވެރިންނާއި، ދިވެހިންގެ އެތައް ހާސްބައެއްގެ ފާޑިކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ނެރުނު ބަޔާނުގައި ކުށްވެރިކޮށްފައިވަނީ ބީޖޭޕީގެ އޮފިޝަލުންތަކެކެވެ.

ނުޕޫރު ޝަރުމާ ސަސްޕެންޑު ކުރުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާ އަށް ތާއީދުކޮށްފައިވަނިކޮށް ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެކަމަކު ނުޕޫރު ކުރި އަމަލު އެއްވެސް ވަރަކަށް ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި މޯދީ އޭނާ އަށް ތާއީދު ކުރުމުންވެސް އެކަން ކުށްވެރި ނުކުރެއެވެ.

ރަސޫލާއަށް ފުރައްސާރަކޮށް ރާއްޖޭގެ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ބަޔާނާގުޅިގެން މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައި ނުވާއިރު، އެ ޖަމާއަތުގެ އިސް ވެރިން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުހެ ސަރުކާރުގެ އިސްފަޑީގައެވެ. އޭގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓު ނޫޝިން ހަމީދު ހިމެނެއެވެ. އެ ދެބޭފުޅުންނަކީވެސް ރައީސް ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނެވެ.

އެމްޑީއެންގެ ރިޕޯޓު ނެރުނު ފަހުން އުތެމަ އަދި ކުއިލިއަމް ކިޔާ ޖަމްއިއްޔާއަކުންވެސް އިސްލާމް ދީނާ ހިލާފަށް ރާއްޖޭގައި ހަންފަތުރާފައިވެއެވެ. އެކަމަކު އޭގެ އެއްވެސް ކަމަކަށް ފިޔަވަޅެއް ނާޅައެވެ. އަދި އުފާ ނަމަކަށް ކިޔާ އަންހެނަކު އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށްފަހު ރާއްޖެ ދޫކޮށް ފިލައިގެން ދިޔައިރު، އެކަން އެނގިހުރެ ފުލުހުން ހުއްޓުވާފައެއް ނުވެއެވެ.

ދާދިފަހުން ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވި މައްސަލައިގައިވެސް ފުލުހުން އެއްޗެކޭ ނުބުނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button