ޚަބަރުސިޔާސީ

އަންނި ޖެހޭނީ ބުނާގޮތް ހަދަން: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ”އަންނި ޖެހޭނީ ބުނާގޮތް ހަދަން“ ކަމަށް ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރާވަރުގެ އަދުލުވެރި ހުކުމެއް ރާއްޖޭގައި ކުރެވޭތޯއާއި، އެވަރުގެ އަދުލުވެރި އިންސާފުވެރި ހުކުމެއް ރާއްޖޭގެ ފަނޑިޔާރުގެތަކުން ނެރެވޭތޯ ހޯމް މިނސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލުކުރެއްވުމުން، ރައްޔިތުންގެ މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު އެސުވާލަކީ މައުލޫއާއި ގުޅޭ ސުވާލެއް ނޫން ކަމަށް ވިދާޅުވުމުންނެވެ.

ރައްޔިތުންގެ މަޖްލީހުގައި މިއަދު ހޯމް މިނިސްޓަރ އިމްރާނާ ސުވާލު ކުރެވުނީ ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމާއި، އެޙުކުމް ތަންފީޒުކުރުމުގެ އުސޫލަކީ ކޮބައިތޯއެވެ. ޖާބިރުގެ ސުވާލަށް ރައީސް ނަޝީދު ހުރަސް އެޅުމާއި ގުޅިގެން ޖާބިރު ވަނީ ކޯފާ އިސްކުރައްވައި، އަޑުހަރުކޮށް އެފަދައިން އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ މަޖްލީހުގައި ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށާއި ”އަންނި ޖެހޭނީ ބުނާ ގޮތް ހަދަން ކަމަށެވެ.“ މިކަމާ ގުޅިގެން މެދުހެންވޭރު ދާއިރާގެ އިްޒަތްތެރި މެންބަރު އަލީ އާޒިމްވަނީ އަލުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ ސުވާލު އަޑުއެއްސެވުމަށް މަޖްލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް ސުވާލު ދެވަނަ ފަހަރަށް އެއްސެވުމަށް ފަހުވެސް، އެ ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު ރައީސް ނަޝީދު ދެއްވާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button