ޚަބަރު

މަޖިލީހުގައި ޑރ. އަފްރާޝީމްގެ މަރާއި ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސުތެއް ނުދިން

ރައްޔިތުންގެ މަޖްލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިގް، ޑރ. އަފްރާޝީމް އަލީގެ މަރާއި ބެހޭގޮތުން ހޯމް މިނިސްޓަރ އިމްރާނާއި ސުވާލުކުރައްވަމުން ގެންދަވަނިކޮށް މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު އެސުވާލު ނުކުރެވޭނެކަމަށް ވިދާޅުވެ ހުއްޓުވައިފިއެވެ.

މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރ އިމްރާން ހާޒިރުކުރެވުނީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިގް، ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރެވެނީ ކީއްވެތޯއާއި، އެޙުކުމް ތަންފީޒުކުރުމުގެ އުސޫލަކީ ކޮބައިތޯ ސާފުކުރުމަށް ހުށައަޅުއްވާފައިވާ ސުވާލަށް ޖަވާބުއެރުވުމަށެވެ. އެސުވާލުގެ ޖަވާބުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ މި ސަރުކާރުން މަރުގެ ހުކުމާމެދު އަމަލުކުރަމުން އަންނަނީ ކުރީގެ ސަރުކާރުތަކުންވެސް އަމަލުކުރި ގޮތަށްކަމަށްކަމަށެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުމުގެ އުސޫލަކަށްވެސް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެކަމަށެވެ.

މިސުވާލާ ގުޅިގެން މަހިބަދޫ ދާއިރާގެ މެންބަރު ސުވާލުކުރެއްވަމުން ގެންދެވީ ޑރ. އަފްރާޝީމްގެ މަރާއި ބެހޭގޮތުން، ކޯޓުން ޑރ.އަފްރާޝީމްގެ ގާތިލުންގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމް ދަމަހައްޓާފައި ވީނަމްވެސް އެޙުކުމް ތަންފީޒުނުކުރެވެނީ ކީއްވެގެންތޯއެވެ. އެހެން ނެމެވެސް ރައީސް ނަޝީދު ވަނީ ސުވާލު ފުރިހަމަ ނުކުރެއްވިވަނިކޮށް މަހިބަދޫ ދާއިރާގެ މެންބަރު ހުއްޓުވައި، އެއީ ކުރެވޭނެ ސުވާލެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މައުލޫއިން ބޭރު އެތައް ސުވާލެއް ކުރުމުގެ ފުރުސަތު ދެއްވާފައެވެ. އެގޮތުން ހޯމް މިނިސްތްރީއިން ހަދަމުން ގެންދާ ފިލްމަކާއި ގުޅޭގޮތުން ސުވާލުކުރެއްވުމުގެ ފުރުސަތުވެސް ދެއްވާފައިވާއިރު، ދެ މެންބަރަކު މަސައްކަތްކުރެއްވުމުންވެސް ޑރ.އަފްރާޝީމްގެ މަރާއި ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސަތު އެއްވެސް މެންބަރަކަށް ދެއްވާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button