ޚަބަރުސިޔާސީ

ދަރަނި އިތުރުކޮށްލީ ސިޔާސީ ނާޗަރަންގީއަށް: ޑރ.ޖަމީލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ދަރަނި އިތުރުކޮށްލީ ސިޔާސީ ނާޗަރަންގީ އަށް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނި 100 ބިލިއަނަށް އެރުމާގުޅިގެން ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑަޒަނުން ސިޔާސީ މަގާމްތަކަށް ހަރަދު ކުރަން ނުޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމުގައެވެ.

ޖަމީލް ފާހަގަކުރެއްވިގޮތުގައި 1،300 އަށްވުރެ ގިނަ ސިޔާސި މަގާމް ރައީސް ސޯލިހު އުފައްދަވައިފިއެވެ. އަދި ވޭރުވެދިޔަ އަހަރެއްހާ ދުވަހުގެ ދަރަނި 37 ބިލިއަން ރުފިޔާއަށް އިތުރުކޮށްލީ ސިޔާސީ ނާޗަރަންގީއަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”ގައުމު އިފްލާސްވާއިރުވެސް ސަރުކާރު ޣާފިލުވެ ހަދާނެގޮތް ނޭނގިފައި.“ ޖަމީލް ވިދާޅުވިއެވެ.

ސަރުކާރުގެ ދަރަނި މިހާ ބޮޑުވެފައިވާ އެއް ސަބަބަކީ ދައުލަތަށް ލިބޭ އާމްދަނީ ދަށްވެ، ސިޔާސީ މަގާމުތަކަށް ކުރަންޖެހޭ ހަރަދު ބޮޑު ވުމުންނެވެ. ހާއްސަކޮށް ކޯވިޑް-19 ގައިވެސް ރައީސް ސޯލިހު ވަނީ އައު ސިޔާސީ މަގާމް އުފައްދަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button