ޚަބަރުސިޔާސީ

ކުނި ވަކިކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކެން ޖެހޭ: ނައިބު ރައީސް

ކުނި ވަކިކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެމަގުން މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް ފާހަގަކުރެއްވިގޮތުގައި ކުނީގެ ބާވަތްތައް ވަކި ކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ ޕްލާސްޓިކާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކެން ޖެހެއެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެމްކޯއިން ވަނީ ކުނި ތިން ބަޔަކަށް ވަކިކުރުމަށް އަންގާފައެވެ. ޕްލާސްޓިކް ކޮތަޅު އަގުބޮޑުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމުގެ ސަބަބުން ކުނި ވަކިކޮށްގެން ނިކުންނަ ރަނގަޅު ނަތީޖާގެ ވިސްނުމަށް ވުރެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެކަމަކު މި ބަދަލާއެކު ރައްކާތެރިގޮތުގައި ކުނި ނައްތާލުމާ ރީސައިކަލް ކުރުމަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button