
ލާމަރުކަޒީ ނިޒާމް ތަންފީޒު ވަނީ ވަކި ބަޔަކު ކައުންސިލްތަކަށް ހޮވުމުން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރުގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ނަމަކަށް ހަދާފަ އޮތް ގާނޫނަކަށް މިއަދު ވެއްޖެ ކަމުގައެވެ. އެ ގާނޫނު ތަންފީޒު ވަނީ ވަކި ބަޔަކު ހޮވުމުން ކަމަށާއި، ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރެވުމަކީ، އޭގެ ސަބަބުން އެތަކެއް ރައްޔިތުންނަށް ވެވޭ ބޮޑު އިހުމާލެއް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ ނަމަކަށް ހަދާފަ އޮތް ޤާނޫނަކަށް މިއަދު ވެއްޖެ. ވަކި ބަޔަކު ހޮވުމުން ތަންފީޒުވާ އެއްޗަކަށްވެއްޖެ. ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރެވުމީ އޭގެ ސަބަބުން އެތަކެއް ރައްޔިތުންނަށް ވެވޭ ބޮޑު އިހުމާލެއް. pic.twitter.com/983VJarRIJ
— Mayor Muizzu (@MuizzuMayor) June 5, 2022
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ފުޅާ ދާއިރާއެއްގައި ދިނުމެވެ. އެކަމަކު އެ ފުރުސަތު ސަރުކާރުން ހަނި ކުރަމުން އަންނަ ކަމުގައި މާލެ ސިޓީ ކައުންސިލުން ދަނީ ބުނަމުންނެވެ.،