ޚަބަރު

މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލާގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަނީ

މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލާގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތުކުދިންތަކަކަށް ދިން މައްސަލައެއް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގުޅިގެން ތަހުގީގު ކުރަމުންދާ ކަމުގައެވެ. އަދި އެ މައްސަލައިގައި އިހުމާލުވާ ފަރާއްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށް ވެސް އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މުއްދަތުހަމަވެފައިވާ ވެކްސިން
މުއްދަތުހަމަވެފައިވާ ވެކްސިން

ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތުކުދިންތަކަކަށް މުއްދަތުހަމަވެފައިވާ ވެކްސިންކަމަށް ބުނާ ވެކްސިން އިންޑިއާއިން އުފަށްދާފައިވަނީ ފެބްރުއަރީ 2020ގައެވެ. (68D20008A) ބެޗު ނަންބަރު ވެކްސިން ޖެނުއަރީ އެކެއްގައި ވަނީ މުއްދަތު ހަމަވެފައެވެ.

އެންމެ ފުރަތަމަ މިމައްސަލަ ރައްޔިތުންގެ ސަމާލުކަމަށް އައިސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ޓުއިޓަކާ ގުޅިގެންނެވެ. އުޝާމް ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލުގައި ދުވަސް ހަމަވެފައިވާ ވެކްސިތަކެއް ކުޑަކުދިންތަކަކަށް ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. މިއީ ވަރަށް ސީރިއަސް އަދިއެހާމެ ދެރަވަރު މައްސަލައެއް ކަމަށާއި މިކަން ހިނގާފައިވާގޮތް ބަލާ އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާދިނުމަށް އުޝާމް ގޮވާލާފައިވެއެވެ. 

މީގެ ކުރިންވެސް ކޮވިޑް ވެކްސިނުގެ ދެވަނަ ޑޯޒް ޖަހަން ސޯޝަލް ސެންޓަރަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button