”އިންޑިއާ އައުޓް“ ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ހިންގަން ރާވާފައިވާ ”ބާކީނުވޭ“ ކެމްޕޭން ނުފެށެނީސް ކަފުންވެއްޖެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އިންޑިއާގެ ދިފާއުގައި ”ބާކީނުވޭ“ ނަމުގައި ސަަރުކާރުންވަނީ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕެއިނުގައި ސަރުކާރުގެ އެކި މަގާމުތަކުގެ ބޭފުޅުންނާއި އެމްޑީޕީއަށް ތާއީދުކުރާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން އިންޑިއާއަށް ތާއީދުކޮށް، އިންޑިއާ އިން ރާއްޖެއަށް އެކިއެކި މައްސްރޫތަށް ހިންގުމާ އެކިއެކި އެހީވުމަކީ އިންޑިއާގެ ސިފައިންނަށް ރާއްޖޭގައި ތިބެވެން ޖެހޭނެކަމަށް ބުނެ ދަނީ ޓުވީޓު ކުރަމުންނެވެ. އަދި މި ޓުވީޓުތަކުގައި ”ބާކީނުވޭ“ ހޭޝްޓެގު ދަނީ ބޭނުން ކުރަމުންނެވެ.
މިކަމާ ގުޅިގެން ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ މުޅި ޤައުމު މިވަގުތު އިލްތިޒާމުވެ ފުރިހަމަ ސަމާލުކަން ދީގެން ކުރާ މަސައްކަތަކީ ”އިންޑިއާ އައުޓް“ ހަރަކާތް ކަމަށެވެ. އަދި އެ ހަރަކާތާ ދެކޮޅަށް ފަށާ ހަރަކާތްތަކަށް ތަރުހީބު ނުލިބި، ރަނގަޅަށް ފަށައިނުގަނެވެނީސް ކަފުންވެ ވަޅުޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ވޭނާއެކު އިންޑިއާއަށް މިއަދު ފެންނާނެ މަންޒަރަކީ ރާއްޖޭގައި އެ ޤައުމުގެ ސިޔާސަތަށް ތާއީދު ނެތް މަންޒަރު ކަމަށެވެ.
My country’s focus is singular in its commitment to lndia OUT. Depleted counter campaigns dingoed out before they were christened.A distraught chaperone painfully witnesses the lacklustre support.
— Abdulla Yameen (@prz_ymn) May 27, 2022
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި ޕީޕީއެމްއިން ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕޭން ފެށިފަހުން މުޅިދުނިއޭގެ ލޯތައް ވަނީ ހުއްޓިފައެވެ. އެގޮތުން ”އަލްޖަޒީރާ“ އާއި ދުނިޔޭގެ ބޮޑެތި އެތައް މީޑިއާއެއްގެ ސަމާލުކަން މިހާރު ވަނީ ”އިންޑިއާ އައުޓް“ ކެމްޕޭނަށް ލިބިފައެވެ.