ހުދު ނުވަތަ ފިޔާތޮށި ފޭރު: އެންމެ ސިއްހަތަށް ފައިދާކުރާނީ ކޯއްޗެއް؟

ތަޖުރިބާކާރުން އަބަދުވެސް ލަފާ ދެނީ އެމީހެއްގެ ކެއުމުގެ ތެރެއަށް ސީޒަނަލް މޭވާ އިތުރުކުރުމަށެވެ.
އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ބައެއް މޭވާތަކުގައި ގިނަ މާއްދާތަކެއް އެކުލެވިގެންވާ އިރު، ކޮންމެ މޭވާއެއްގައި ވެސް ސިއްހީ ގޮތުން ވަކި މާއްދާތަކެއް އެކުލެވިގެންވާ ކަން ފާހަގަކުރަން ޖެހެ އެވެ.
މިފަދަ އެއް މޭވާއަކީ ފިޔާތޮށި އަދި ހުދު ކުލައިގެ ބާވަތްތަކުން އަންނަ ފޭރު ނުވަތަ ގޯވާއެވެ. އިންސްޓަގްރާމްގައި ޑައެޓިޝަނިސްޓް ޝިޚާ ކުމާރީ ވަނީ ގޯވާ ކެއުމުން ލިބޭ ފައިދާތަކާއި، ދެބާވަތުގެ ދެމެދުގައި ހުރި ތަފާތުތައް ލިސްޓްކޮށްފައެވެ. އެގޮތުން، ފާހަގަކޮށްލެވޭ ބައެއް ފައިދާ ތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދިނުން
- ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން
- މައްސަރު ކަންތައް ޖެހުމުންވާ ތަދު ފިލުވައިދިނުމަށް އެހީތެރިވެދިނުން
- ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން
މި ފައިދާތަކުގެ އިތުރުން ގޯވާއަކީ ދަގަނޑު، ކެލްސިއަމް އަދި ފޮސްފަރަސްގެ ވެސް ރަނގަޅު ވަސީލަތެއް ކަމަށް ބަޓިއާ ހޮސްޕިޓަލް މުމްބާއީގެ ސީނިއާ ޑައިޓީޝިއަން ތަންވީ އެސް ޗިޕްލުންކަރް ވިދާޅުވެއެވެ. އަދި، ގޯވާއަކީ ޑައިބެޓިކް މީހުންގެ ލޭގައި ހަކުރުގެ މިންވަރު ހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ”ޑައިޓްރީ ފައިބާ“ އެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކެއުމުން ހަށިގަނޑަށް އެންމެ ފައިދާކުރާނީ ކޮން ވައްތަރެއްގެ ގޯވާއަކުން؟
ޕިންކް ގޯވާގައި ފެނުގެ ކޮންޓެންޓް ގިނަވެފައި، ހަކުރުގެ ކޮންޓެންޓް، ސްޓާޗް ގެ ކޮންޓެންޓް އަދި ވިޓަމިން ސީ މަދުވެފައި، އޮށް ނެތުން ނުވަތަ މަދު އޮށް ހުންނަކަން ފާހަގަކުރެވޭ. އަނެއްކޮޅުން ހުދު ކުލައިގެ ގޯވާގައި ގިނައިން ހަކުރު، ސްޓާޗް، ވިޓަމިން ސީ އަދި ގިނައިން ސީޑް އެކުލެވިގެންވާކަންފާހަގަކުރެވޭ. ހުދު ކުލައިގެ ގޯވާއަކީ އެންޓިއޮކްސިޑެންޓް މަތީ މިންވަރަކަށް ހުންނަ އެއްޗަކަށް ވީ ނަމަވެސް ރަތް ކުލައިގެ ބާވަތުގައި އެއަށްވުރެއްވެސް ގިނައިން އެންޓިއޮކްސިޑެންޓްސް ހުންނަކަން ފާހަގަކުރެވޭ’ ކަމަށް ކުމާރީ ވިދާޅުވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ޕިންކް ގޯވާގައި ގުދުރަތީ ގޮތުން އުފެދޭ އޯގެނިކް ޕިގްމެންޓެއް ކަމަށްވާ ކެރޮޓިނޮއިޑް ހިމެނޭ ކަމަށްވެއެވެ. މި ޕިގްމެންޓްގެ ސަބަބުން ކެރެޓް އަދި ޓޮމާޓޯއަށްވެސް އޭގައި ހިމެނޭ ރަތް ކުލަ ގެނެސްދެއެވެ.
ކެރޮޓިނޮއިޑްގެ ކޮންސެންޓްރޭޝަން އެކި ބާވަތްތަކުގައި ތަފާތެވެ. މި މާއްދާގެ މައްޗަށް ބިނާކޮށް، ގޯވާގެ ކުލަވެސް ލައިޓް ޕިންކް އިން ފެށިގެން ޑީޕް ޕިންކް އާއި ހަމައަށް ހުރެއެވެ. އަނެއްކޮޅުން ހުދު ކުލައިގެ ގުއާވާގެ ކެރޮޓިނޮއިޑް ކޮންޓެންޓަކީ އޭގެ ޕެރިކާޕް (ޕަލްޕް) އަށް ކުލަ ޖެއްސުމަށް އުފުދޭ އެއްޗެއްނޫނެވެ. އިސްވެ ބަޔާންކުރެވުނު ސަބަބު ތަކުގެ އިތުރުން ހުދު އަދި ޕިންކް ކުލައިގެ ގޯވާގެ ރަހަައިގައިވެސް ތަންކޮޅެއް ތަފާތުކަމެއް ހުންނަކަމަށް ކުމާރީ އޭނާގެ އިންސްޓަގްރާމް ވީޑިއޯގައި ފާހަގަކޮށްފައިވެއެވެ.
ޗިޕްލުންކަރް އިތުރު ބާރެއް ދިނުމުގެ ގޮތުން ވިދާޅުވެފައިވަނީ ގަވާއިދުން ފިނިވެ، ކެއްސާ ނަމަ ދޮންވެ ފައްކާވެފައިވާ ގޯވާ ނުވަތަ ޕިންކް ގޯވާއާއި ދުރުވާން ޖެހޭނެކަމަށެވެ.
ޕިންކް ގޯވާ އާންމުކޮށް މާކެޓް ކުރަނީ ‘ސުޕަރ ފުރުޓްސް’ ގެ ގޮތުގައެވެ. އެއީ، ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވޭ ތީއާއި އޮމެގާ 3 އަދި އޮމެގާ 6، ޕޮލީ އަންސެޗުރޭޓެޑް ފެޓީ އެސިޑްސް އަދި ޑައެޓްރީ ފައިބާ ގިނަ އަދަދަކަށް އެކުލެވޭތީ އެވެ.
މިދެބާވަތުގެ ގޯވާގައިވެސް އެތަކެއް ފައިދާތަކެއް އެކުލެވިގެންވާއިރު، ފިޔާތޮށި ކުލައިގެ ގޯވާކެއުމަކީ އެންމެ ފައިދާ ބޮޑު ވަނިވިގޮތްކަން އެނގިގެންދެއެވެ.