ޚަބަރު

މަންކީޕޮކްސްއަށް ޓެސްޓްކުރާ ޕީސީއާރް 250 ކިޓު ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކޮށްފި

މަންކީޕޮކްސް ނުވަތަ މަކުނު ވިދުރިއަށް ޓެސްޓްކުރާ ޕީސީއާރް ކިޓްތަކެއް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެ ޖަމިއްޔާއިން ވަނީ ރާއްޖެއަށް މަކުނުވިދުރިއަށް ޓެކްސްޓްކުރުމަށް 250 ޕީސީއާރް ކިޓް ހަދިޔާކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ”މަންކީޕޮކްސް“ އާއި ގުޅިގެން ބައިނަލްއަޤްވާމީ ޞިއްޙަތާބެހޭ ޤަވާއިދުތަކުގެ ދަށުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 23 ޖުލައި 2022 ގައި ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ.

މަކުނުވިދުރިއަށް ޓެސްޓްކުރެވޭނެ އިންތިޒާމް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މިއަދު 250 ޓެސްޓް ކިޓް ހަދިޔާކޮށްފައިވާއިރު، އިތުރު ކިޓްތައް މޮބިލައިޒް ކުރުމުގެ މަސައްކަތްވެސް ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރަމުން އަންނަކަމަށް  ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ޓެސްޓިން ކިޓްތައް ރާއްޖެއަށް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ކަމުގައިވާ ޑަބްލިއުއެޗްއޯ މިހާތަނަށް ކުރި ދިރާސާތަކުން ދައްކަނީ މިބަލީގެ 90 އިންސައްތަ މިހާތަނަށް ތަހަންމަލް ކުރަމުން ދަނީ އެއްޖިންސުން ގުޅުން ހިންގާ މީހުން ކަމުގައެވެ.

މަންކީޕޮކްސް ނުވަތަ މަކުނުވިދުރީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރިއްސުމާއި ގޮށްލުން އަދި ހަމުގައި ބިހި ނެގުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button