އިހަވަންދޫގައި ހޮސްޕިޓަލް އަޅަން އެނދަކަށް ހަތަރު މިލިޔަން ރުފިޔާގެ ރޭޓުން ހަވާލުކޮށްފި

މިނިްސްޓްރީ އޮފް ހެލްތް އިން ހއ.އިހަވަންދޫގައި ހޮސްޕިޓަލް ބިލްޑިންގެއް ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑުޕްލެކްސް ޕުރައިވެޓް ލިމިޓެޑް އާއި ހަވާލުކުރިކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.
މި ބިލްޑިންގް އިމާރާތްކޮށް ނިންމަން ހެލްތް މިނިސްޓްރީން ޑުޕުލެކްސް އަށް ދީފައިވަނީ 18 މަސް ދުވަހެވެ. އިމާރާތް ހަދަން ފައިނޭންސް އެ ކުންފުންޏަށް ހޯދައިދެނީ ބޭންކޮ އޮފް މޯލްޑިވްސް އިން ކަން މިނިސްޓުރީގެ ޓުވިޓާގައި ލިޔެފައިވެއެވެ. އަދި މި ޕުރޮޖެކްޓުގެ އަގިކީ 123،303،792.00 (ސަތޭކަ ތޭވީސް މިލިޔަން ތިންލައްކަ ތިންހާސް ހަތް ސަތޭކަ ނުވަދިހަ ދޭ) ރުފިޔާ ކަމަށްވެސް އެ އިއުލާނުގައި ލިޔެފައި ވެއެވެ. ހޮސްޕިޓާ ބިލްޑިންގް އަޅަން ޑުޕެލެކްސް އާއި ހަވާލުކުރެވިފައި ވަނީ މި އަހަރު ޖަނަވަރީ 16 ވަނަ ދުވަހުއެވެ.
Contract signing ceremony of, Construction of HA. Ihavandhoo Hospital Building, Under Contractor Finance (30 Beds)
Construction of 30 Bed Hospital, Accommodation Building, Services Building
Contractor:
Duplex Pvt Ltd
Project Duration:
18 Months pic.twitter.com/GdIwVgcvMg— Ministry of Health (@MoHmv) January 16, 2023
ހެލްތް މިނިސްޓުރީން ޑުޕްލެކްސް އާއި މަސައްކަތް ހަވާލު ކުރުމުގެ ތަފްސީލް ހާމައެއް ނުކުރެއެވެ. އެކަމަކު މި ޕުރޮޖެކްޓަށް އެނދަކަށް ހަތަރު މިލިއަން ރުފިޔާ ހަރަދު ކުރެވުނީމަ ބެލެވެނީ މި އަގަކީ އާދަޔާ ހިލާފަށް ބޮޑު އަގެއް ކަމެވެ.
މީގެ އިތުރުން ޑުޕްލެކްސް އަށް މިނިސްޓީ އޮފް ނެޝަނަލް ޕުލޭނިންގެ ފަރާތުންވެސް ވަނީ ނަރުދަމާ ގާއިމު ކުރަން 2 ޕުރޮޖެކްޓެއްވެސް ހަވާލުކުރެވިފައެވެ. ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ 2 ޕުރޮޖެކްޓަކީ އަދ. ދިއްދޫ އަދި ގދ. ނަޑެއްލާގައި ހިންގާ ޕުރޮޖެކްޓެވެ. އދ. ދިއްދޫގައި ހަދާ ނަރަދަމާގެ ނިޒާމް ހެދުމަށް ހަވާލުކޮއްފައިވަނީ 23652252.9 (ތޭވީސް މިލިޔަން ހަ ލައްކަ ފަންސާސް ދެ ހާސް ދުވިސައްތަ ދެ ރުފިޔާ ނުވަ ލާރި) ރުފިޔާއަށެވެ. ގދ. ނަޑެއްލާގައި 33976218.59 (ތިރީސް ތިން މިލިޔަން ނުވަލައްކަ ހަދިހަ ހަ ހާސް ދުވިސައްތަ އަށާރަ ރުފިޔާ ފަންސާސް ނުވަ ލާރި) ރުފިޔާއަށެވެ. ނަރުދަމާ ނިންމަން މިނިސްޓުރީން ދީފައިވަނީ 30 ޑިސެމްބަރު 2021 ވަނަ އަހަރު އެވެ. އަދި މަސައްކަތް ނިންމުމަށް 540 ދުވަސް ދީފައިވާ ކަމަށް މިނިސްޓުރީގެ ވެބްސައިޓްއިން ފެންނަން އެބަ ހުއްޓެވެ.