ޚަބަރު

ނަޝީދުގެ ފޯނު ޖަހައިގަތުމަކީ ބޮޑު ޖޯކެއް: ރޮޒައިނާ

ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގެންދިޔުމަކީ ބޮޑު ޖޯކެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ނަޝީދުއަށް މަލާމާތް ކުރައްވާފައި މިވަނީ ރައީސް ނަޝީދު އާއި އެމަނިކުފާނުގެ ދަރިކަނބަލުން އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި މެންދުރު ފަރިއްކުޅުއްވަން ތިއްބަވަނިކޮށް ރައީސް ނަޝީދު ފޯނު ފޭރިގަނެގެން މީހަކު ދިޔަކަމަށް ބުނާ މައްސަލައިގައެވެ.

އެކަމާ ގުޅިގެން ރޮޒޭނާ ވިދާޅުވީ ހަތަރު ފޮޓޯ އަކާއެކު ރައީސް ނަޝީދުގެ ފޯން ޖަހައިގަތުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށެވެ. އަދި ރޭ ކުނޫޒު ކައިރިން ޖަހައިގަތީ އެ ފޮޓޯތައް ނަޝީދަށް ފޮނުވި މީހާތޯވެސް ރޮޒެއިނާ ސުވާލު ކުރެއްވިއެވެ.

”މީހުންގެ ބޮލުގައި ދޮގު އިލްޒާމް ހަދައިގެން އަޅުވާފައި މިއަށް ވުރެ ހަމަޖެހޭ ވާހަކައެއް ދައްކަން ނޭނގުނީބާ؟“ ރޮޒޭ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ދަރިކަނބަލުން ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަށް މެސެޖެއް ފޮނުއްވާފައެވެ. އީވާ ވަނީ އެ މެސެޖު މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް ފޯވާޑުކޮށްފައެވެ. މެސެޖުގައިވާގޮތުން ނަޝީދުގެ ފޯނު ޖަހައިގަތް މީހާ ވަނީ ދުވެ ފިލާފައެވެ. އަދި އެމަނިކުފާނުގެ ނަންބަރު ބްލޮކް ކުރުމަށް ދަރިކަނބަލުން ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button