މިނީ ބަސް ދުއްވާ މަގުތަކުގެ ޕާކިން ޒޯން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި
މިނީ ބަހުގެ ހިދުމަތް ފެއްޓުމަށްޓަކާ ބަސްދުއްވާ މަގުތަކުގެ ޕާކިން ޒޯން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބަސް ދުއްވާ މަގުތަކުގެ ޕާކިންގ ހުސްކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މާލޭގައި މިނީބަހުގެ ޚިދުމަތް ފެށުމަށްޓަކާ ބަސްދުއްވާ މަގުތަކުގެ ޕާރކިންގު ހުސްކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޕާރކިންގް ޒޯން ހެދުމުގެ މަސައްކަތް ފެށުން. pic.twitter.com/3JJ5sfwasM
— Male' City Council (@MaleCitymv) August 4, 2022
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ޚިދުމަތް ފެށުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 16.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ 36 ބަހެވެ. މީގެތެރޭގައި ހިމެނެނީ މާލޭގައި ބޭނުންކުރުމަށް ގެނައި 12 ބަހާ، އަތޮޅުތަކަށް ފޮނުވާ 24 މިނީބަހެވެ.