ޚަބަރު

ޝެއިހް ނިޝާންގެ ބަންދަށް ހައިކޯޓުން ތާއީދުކޮށްފި

ޖޫން 21 ވަނަ ދުވަހުގެ ހެދުނު ސަރުކާރާއި އިންޑިއާގެ އިސްވެރިންތަކެއް ގަލޮޅު ދަނޑު ތެރޭގައި ޔޯގާ ހަދަން ތިއްބައި ހިނގައިދިޔަ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިޚް އާދަމް ނިޝާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.

ޝެއިހް ނިޝާން ބަންދުގައި ބަހައްޓާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ހައިކޯޓުގައި ބައްލަވައިފައިވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު، އިސްފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލައިގައި މިއަދު ހުކުމް އިއްވިއިރު، ކްރިމިނަލް ކޯޓުން ޝެއިހް ނިޝާން ބަންދު ކުރުމަށް ނެރުނު އަމުރަށް ތާއިދުކޮށްފައިވެއެވެ.

ޔޯގާ ދުވަސް ފާހަގަ ކުރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގާ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާ ދީފައިވާއިރު، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button