ޚަބަރުސިޔާސީ

އަނިޔާވެރިކަމާ ދެކޮޅަށް ހަނު ތިބުމަކީ ހިތާމައެއް: މުހައްމަދު އިސްމާއިލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނިޔާވެރިކަމާ ދެކޮޅަށް ހަނު ތިބުމަކީ ހިތާމައެއް ކަމުގައި ޕީޕީއެމްގެ އެކްޝަން ޑިޕާޓްމެންޓުގެ ޗެއާ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއިލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަން ކޯލިޝަން ސަރުކާރުގެ ބާރާ ނުފޫޒު ވަޒީފާތަކުގައި ތިބި ގިނަ އަދަދެއްގެ މީހުންނަށް ފޯރާ ކަމުގައެވެ.

”ހިތާމައަކީ ރައްޔިތުންނާ ހަމައަށް މިވެރިކަމުގެ ޖައްބާރުކަމާ އަނިޔާވެރިކަން ދެފުށް ފެންނަ ގޮތަށް ހާމަކޮށްދޭން ތިބި ފަރާތްތައް ހަނުތިބޭކަން މީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވުން އޮތްކަމެއްކަން.“ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މުހައްމަދު ފާހަގަކުރެއްވިގޮތުގައި މާތްވެގެންވާ އިސްލާމްދީނަށް ހަޖޫ ޖަހައި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމީ އަގީދާބަލިކަށި ކުރުމަށް ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ ކުރި މަސައްކަތް މިއަދާ ހަމަށް ސަރުކާރަށް ބެލިފައި ނުވާކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button