
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ބޮޑުވަޒީރު ރާޖަޕަކްސަ އިސްތިއުފާ ދެއްވިކަން އޭނާގެ ޓުވިޓަރ އެކައުންޓު މެދުވެރިކޮށް ވަނީ އަންގާފައެވެ.
Effective immediately I have tendered my resignation as Prime Minister to the President.
අගමැති ධූරයෙන් ඉල්ලා අස්වීමේ ලිපිය ජනාධිපතිතුමා වෙත යොමු කළෙමි.
— Mahinda Rajapaksa (@PresRajapaksa) May 9, 2022
ލަންކާގެ އިގްތިދާތީ ހާލަތު ގޯސްވެ، މުޒާހަރާތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި ބޮޑުވަޒީރު އިސްތިއުފާ ދެއްވީ ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އެންގެވުމުން ކަމުގައި އެގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައިގެން އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ރައީސް ގޯޓާބަޔަ ބޭނުންފުޅުވުމެވެ.