ޚަބަރު

މަސްކަނޑުތައް މިއޮތީ އިންޑިއާ އަށް ހިބަކޮށްދީފަ: އެމްޕީ ޝިޔާމް

ހއ.ތުރާކުނުގެ ބޭރުގައި ހުއްދައަކާއިނުލާ ގަދަޔަށްދާ އަޅަން އުޅުނު އިންޑިޔާގެ މަސް ބޯޓެއް އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) ގެ ނައިބުރައީސް އަޙްމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެއްޖެވެ.

އެ ބޯޓުގެ ދެ ފޮޓޯ އެއް ހިމަނާފައިވުމާއެކު، ކޯސްޓް ގާޑަށްގުޅައި ރިޕޯޓް ކުރުމުން ވެސް އަޅާނުލި ކަމަށް އެމްޕީ ޝިޔާމް ޓްވީޓްކޮށްފައިވެއެވެ.

މި ޓްވީޓް އެމްޕީ ޝިޔާމް ޝެއާރކޮށްފައިވަނީ މީގެ އެއްދުވަސް ކުރިން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން – ބީކޭއެމްޔޫ ގެ ޓްވީޓެއްގެ ރިޕްލައި އަކަށެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ބީކޭއެމްޔޫ އިން ކޮށްފައިވާ ޓްވީޓްގައިވަނީ ތ.މަޑިފުށީގެ އިރުމަތިން 17 މޭލު ބޭރުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާ ގެ މަސްބޯޓެއް އދ. މަހިބަދޫ އަސުރުމާ2 ދޯނި އަދި ތ. މަޑިފުށި ގޮދާ ދޯނިން ހިފާއްޓާފައިވާ ކަމަށެވެ. އަދި މި ދޯނިވަނީ އެމްއެންޑީއެފް އައް ރިޕޯޓް ކުރެވިފައިކަމަށެވެ.

މި ދުވަސްކޮޅަކީ ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ތިޔާގިވަމުން އަންނަ ދުވަސްކޮޅަކަށް ވީ ހިނދު މިފަދަ ކަންކަމަކީ ސަރުކާރުން ބަލަހައްޓަން ޖެހޭނެ ކަންކަން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button