ޚަބަރު
ދަރުމަވަންތަ ހޮސްޕިޓަލުގެ ސީޓީ ސްކޭންގެ ހިދުމަތް މެދުކެނޑިއްޖެ
މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލުގެ ސިޓީ ސެކޭންގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
އައިޖީއެމްއެޗުން ހާމަކޮށްފައިވާގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން އެ ހޮސްޕިޓަލުގެ ސީޓީ މެޝިންތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެކަމަކު ކުއްލިޔަކަށް މެޝިންތަކަށް ދިމާވީ ކޮންމައްސަލައެއް ކަމާއި، އެ މައްސަލަ ދިމާވާން މެދުވެރި ވީ ކޮންކަމެއް ކަމެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
ހޮސްޕިޓަލުން ބުނާގޮތުގައި މެއިންޓެނެންސް ސީޓީ ސްކޭން މެޝިންތަކުގެ ކުއްލި މެއިންޓެނެންސް މަސައްކަތް ކުރިޔަށް ދާތީ އެ ހިދުމަތް މިވަގުތު ނުލިބޭނެއެވެ. އަދި މައްސަލަ ހައްލުވިހާ އަވަހަކަށް އަލުން ހިދުމަތް ދެވޭނެ ކަންވެސް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.
އެގޮތުން އެ ހޮސްޕިޓަލުން ލަފާކުރަނީ ހަފްތާއެއްގެ ތެރޭގައި ހިދުމަތް ދެވޭނެ ކަމުގައެވެ.