ޚަބަރުސިޔާސީ

ނަޝީދެއްވެސް ސޯލިހެއްވެސް މުހިންމެއް ނޫން، މުހިންމީ ފައްޔާޒު: އެޗްޑީސީގެ ޗެއާމަން ޖައިޝް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދަކީ މުހިންމު ދެބޭފުޅުން ނޫންކަން ފާހަގަކުރައްވަމުން އެންމެ މުހިންމު ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަމުގައި އެޗްޑީސީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއެއްގައިވާގޮތުން ޖައިޝް ވިދާޅުވަނީ އޭނާ އަށް މިހާރު އެންމެ މުހިންމީ 2023 ގެ ވެރިކަން ކަމުގައެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހަށް ސަރުކާރު ނުލިބުނަސް ވަރިހަމަ ވެދާނެ ކަމަށާއި، އެކަމަކު އޭނާއަށް އެގޮތް ކަމު ނުދާކަމަށްވެސް ވިދާޅުވިއެވެ.

”އަހަރުންނަށް އޯކޭއެއް ނޫނޭ. އިބޫ މީހަކާ އަނގައިން ބުނަނީއެއް ނޫން. މީހަކާ ވާހަކައެއް ދައްކަނީއެއް ނުން.. ފަޔާއެއް ނޫން ހުރި މީހަކީ. އަހަރުން ވަރަށް ސީނިއަރު ވާނެ މިއުޅޭ ޕާޓީގެ މީހުންނަށްވުރެ. ގޮތަކެއް ހޯދަން އެބަޖެހޭ.“ ޖައިޝް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ، ނަޝީދުއަށް ހުރިހާ ބާރެއް ލިބި ރައީސް ސޯލިހު އޮންނަވާނީ އެއްވެސް އެއްޗެއް ވިދާޅުނުވެ މަޑު މަޑުން ގެކޮޅުގައެވެ. ގޭގަ އޮންނަވައިގެން ސޯލިހަށް 250،000 ރުފިޔާ ލިބިވަޑައިގަތަސް، ޖައިޝްމެން ފަދަ ބޭފުޅުން މަގުމަތިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖައިޝް ހާމަކުރެއްވިގޮތުގައި ރާއްޖޭގެ ރައީސްކަން ދެން ކުރައްވާނީ ފައްޔާޒެވެ. އެހެންވާތަން ފެންނަކަމުގައި އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button