ޚަބަރުސިޔާސީ

ސުލޫކީ މައްސަލަ ސާބިތުވެ ނަހުލާ ޕީޕީއެމުން ވަކިކޮށްފި

ސުލޫކީ މައްސަލަ ސާބިތުވެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ޕީޕީއެމުން ވަކި ކޮށްފިއެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ ނަހުލާ އާއި އޭނާގެ މަންމަ ލީލާ އަލީ ޕާޓީއިން ވަކި ކުރަން ސުލޫކީ ކޮމެޓީއިން ނިންމައި، އެކަން ކޮމެޓީން އެންގުމާއެކު، ޕާޓީގެ ފަރާތުން އެ ނިންމުން، ތަންފީޒުކޮށް، އެކަން އެ ދެ ފަރާތަށްވެސް އަންގާފައިވާ ކަމުގައެވެ.

އެނގިފައިވާގޮތުގައި ނަހުލާގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަން ފެށީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަ ކުރާ ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާ އަށް އެންޓި ކެމްޕެއިން ކޮށް އެމްއެންޕީ އާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ފެށުމުންނެވެ. އަދި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ”ވިދާޅުވި“ ކަމަށް ބުނެ ދޮގު ވާހަކަތައް ދެއްކުމާއި، ޕީޕީއެމްގެ ލީޑާޝިޕާ ގުޅުވައި ހަގީގަތާ ހިލާފް ވާހަކަތަކެއް ދެއްކުމުންނެވެ.

ނަހުލާ އަކީ އެކި ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އޭގެ ތެރޭގައި ޖޭޕީ އަދި ޑީއާރުޕީ ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button