ޚަބަރުސިޔާސީ

އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަނީ ރައީސް ސޯލިހާއި އަނދުން ހުސެއިން: ރައީސް ނަޝީދު

މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ރޭވުން ފޮރުވުމަށް މަސައްކަތް ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވެވި މެސެޖުގައި ވިދާޅުވީ އެ ހަމަލާގެ އަސްލު ފޮރުވުމަށް އަނދުން ހުސެއިން ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމުގައެވެ. އެ އަށްފަހު ”އާރުކާޓީ“ ގެ ނަމުން ރައީސް ސޯލިހަށް އެމަނިކުފާނު އިޝާރާތް ކުރެއްވިއެވެ.

ބޮމުގެ ހަމަލާއަށް އެއް އަހަރު ވެގެންދިޔައިރު، އެ ހަމަލާއަށް ފަންޑު ކުރި މީހުން އަދިވެސް ނުހޯދެއެވެ. ސަރުކާރުން ބުނާގޮތުގައި އެއީ ބަޔަކު ފަންޑު ކޮށްގެން ދިން ހަމަލާއެއް ނޫނެވެ. އެއީ ނަފްރަތާ ރުޅިވެރިކަމުގެ ތެރެއިން ދިން ހަމަލާއެއްކަމުގައި ފުލުހުންގެ ތަހުގީގު ޓީމުން ބުނެއެވެ. އެކަމަކު ރައީސް ނަޝީދުގެ އާއިލާއިން އެކަން ގަބޫލެއް ނުކުރެއެވެ.

ނަޝީދު އަވަހަރާކޮށްލަން ހަމަލާއެއް ރާވަން އުޅޭކަން ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ،މެންބަރު އިލްޔާސް ލަބީބު ވަނީ ހަމަލާގެ 2 ދުވަސް ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެނެސްފައެވެ. އެކަމަކު ނަޝީދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button