ޚަބަރު
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ކަރަންޓު ކެނޑިފައިވާ ކަމުގައެވެ. އެމައްސަލަ ހައްލުކޮށް، ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ވަނީ ކަރަންޓު ކެނޑިފައި. އެމައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) April 14, 2022
މާލެ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އާންމު ކަމެކެވެ.