ޚަބަރުސިޔާސީ

ބިލު ބޮޑުވުމުން ކުރީ ސަރުކާރަށް ފާޑު ކިޔުމަށްފަހު އާޒިމަށް ނޫސްވެރިންވެސް ގޯސްވެއްޖެ!

ކަރަންޓު ބިލު ބޮޑުވީ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހައުސިންގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ކަން ކުރެއްވި ގޮތުގެ ސަބަބުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓް ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރީ ސަރުކާރަށް ފާޑުވިދާޅު ވުމަށްފަހު، އެވާހަަކަ ޝާއިއު ކުރި ނޫސްވެރިންނަށްވެސް ފާޑުވިދާޅުވެއްޖެއެވެ.

މެންބަރު އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުލައި މަހުގެ ކަރަންޓު ބޮޑުވީ ވަކި ސަރުކާރަކާ ހެދިކަމަށް ވިދާޅު ނުވާ ކަމަށެވެ. އޭނާ ވަނީ ނޫސްވެރިންނަކީ އެކްޓިވިސްޓުންގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

”އަދި އެއްފަހަރު ޓުވީޓް ބައްލަވާލައްވާ. އެއްފަހަރުވެސް ނުބުނަން ނިމިދިޔަ މަހުގެ ކަރަންޓްބިލް ބޮޑުވީ ވަކި ސަރުކާރަކާ ހެދިއެކޭ. އެކްޓިވިސްޓުން ނޫސްވެރިންނޭ ކީމަ ވާގޮތްމީ.“ އާޒިމް ވިދާޅުވިއެވެ.

އެކަމަކު މީގެ ކުރިން އާޒިމް ކުރެއްވި ޓުވީޓުގައި ވަނީ ކަރަންޓު ބިލު ބޮޑުވަނީ ޑރ.މުއިއްޒު އިންނެވި ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިސާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން ކަން ފާހަގަކުރައްވާފައެވެ.

އާޒިމްގެ ޓުވީޓުތަކުން ކަރަންޓުގެ އަގު އުފުލިގެން އުޅެނީ ކުރީ ސަރުކާރުން ކުރި ކަމަކުން ކަން ސާފުވެއެވެ. އެކަމަކު އޭނާ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ގޯސްވީ ނޫސްވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button