ޚަބަރުސިޔާސީ

އާމިންދައްތަ އަށް އިންސާފު ހޯދުމަށް 4 އިދާރާއަކަށް ޕެޓިޝަން ހުށަހަޅައިފި

ޖިންސީ ގޯނާގެ މައްސަލައެއްގައި ފްރޭމް ކުރި ކަމަށް ބުނާ އާމިން ދައްތަ އަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ، ދައުލަތުގެ 4 އިދާރާއަކަށް 2،700 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހެޅީ މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި، ރައްޔިތުންގެ މަޖިލީހާއި، ޖެންޑާ މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އަށެވެ.

ޕެޓިޝަންގައި ވާގޮތުން އާމިންދައްތަ އަކީ ޔަތީމު 3 ކުދިން ބަލަމުން އަންނަ މީހެކެވެ. އެކުދިންގެ ފަރާތުން އެފަދަ އެއްވެސް ޝަކުވާއެއް ނާދެއެވެ. އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި މަސައްކަތް ކުރާތާ 29 އަހަރުވެފައިވާ އާމިންދަައްތަ އާއި ބޭހޭގޮތުން އެ މުއްދަތުގެ ތެރޭގައި ދަރިވަރެއް، ބެލެނިވެރިއެއް ނުވަތަ ސްކޫލް ވެރިއެއްގެ ފަރާތުންވެސް އެފަދަ އެއްވެސް ވާހަކައެއް މިހާތަނަށް އިވިފައި ނުވާކަމަށްވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީ ގިނަ އަދަދެއްގެ ރައްޔިތުން ތުހުމަތު ކުރާގޮތުގައި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ކާފައެވެ. އެކަމަކު އެއީ ރަށުގެ ނުފޫޒު ގަދަ ފަރާތެއްގެ ބައްޕަ އަކަށްވެފައި އެ މައްސަލަ އޮއްބާލަން މަސައްކަތް ކުރުމުގެ ގޮތުން އާމިންދައްތަ ފްރޭމް ކުރީ ކަމަށް އެ ސިޓީގެ އާންމުން އަންނަނީ ބުނަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button