ޚަބަރު

ރޯވި ގެއަށް ލިބުނު ގެއްލުން ބޮޑު، ހާލުގައި ޖެހުނު މީހުންނަށް އެހީވެއްޖެ!

ރޭ ފަތިހު 5:00 އެހާކަންހާއިރު މއ.މޯނިންގ ވިއު ގޭގެ 3 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެޔަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ޣިޔާސުއްދީން ސުކޫލުގައި ގާއިމްކޮށްފައިވާ އެވަކުއޭޝަން ސެންޓަރަށް މޯނިން ވިއުގެ ދެ އިމާރާތުގައި ދިރިއުޅޭ 56 ފަރާތެއް ގެންދެވިފައިވާ ކަމަށެވެ. މި 56 މީހުންގެ ތެރެއިން 23 މީހުންނަކީ މޯނިން ވިއުގޭގެ ފަސް އެޕާޓްމަންޓެއްގައި ދިރިއުޅޭ މީހުންނެވެ. އެމީހުން މިހާރު ވަނީ ގެސްޓް ހައުސް އަށް ބަދަލު ކޮށްފައެވެ. މި މީހުންގެ ތެރޭގައި ކޯވިޑް-19 އަށް ފައްސިވެފައިވާ 3 މީހުން ތިއްބެވެ. މިހާރު އެމީހުން ތިބީ ފެސިލިޓީގައެވެ.

އެންޑީއެމްއޭ އިން ބުނިގޮތުގައި ކޮންމެ މީހަކަށް ކެއިން ބުއިމަށް ދުވާލަކަށް 200 ރުފިޔާގެ ރޭޓުން ކުރިޔަށް އޮތް 3 ދުވަހަށް ބޭނުންވާ ފައިސާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން އަންނައުނު ގަތުމަށް މީހަކަށް 1،500 ރުފިޔާގެ އިތުރުން، ސައިބޯންނާއި، ސާފުތާހިރުވުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން، ކުޑަ ކުދިންނަށް ބޭނުންވާ، ކިރާއި، ނެޕީ ފަދަ ތަކެތިވެސް ފޯރުކޮށްދީފައިވެއެވެ.

ކުރިޔަށް އޮތް ތަނުގައިވެސް އެފަރާތްތަަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް އެންޑީއޭމްއޭ އިން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުރުން މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަނީ ހާދިސާ ހިނގި ސަރަހައްދަަށް ވަޑައިގަންނަވާފަވައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button