ޚަބަރު

އިންޓަނެޓުގެ އަގު ހެޔޮވާނީ ޖުލައި މަހުން ފެށިގެން

ޖުލައި މަހުން ފެށިގެން އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އަގު ހެޔޮ ކުރުމުގައި ސަރުކާރުން ދެ މަރުހަލާއެއް ގެންގުޅޭނެއެވެ. ފުރަތަމަ މަރުހަލާއަކީ ގޭގައި ބޭނުންކުރާ ފިކްސްޑް ބްރޯޑްބޭންޑުން 30 އިންސައްތަ ދަށްކުރުމެވެ.

ފިކްސް ބްރޯޑްބޭންޑުގެ އަގަށް އައި ބަދަލު

  • 5 އެމްބީޕީއެސް – 30 ޖީބީ – 250
  • 15 އެމްބީޕީއެސް – 100 ޖީބީ – 500
  • 25 އެމްބީޕީއެސް – 200 ޖީބީ – 700

ދިރާގާއި އުރީދޫގެ މިހާރުގެ އަގުތަކަށް ބަލާއިރު، އަލަށް އިއުލާން ކުރެވުނު އަގުތަކުގެ ސަބަބުން ލުޔެއް ލިބިގެންދާނެއެވެ. އަދި ޕެކޭޖު ހުސްވިޔަސް ނެޓުގެ ސްޕީޑު 2 އެމްބީޕީއެސް އަށް ވުރެ ދަށެއް ނުކުރާނެއެވެ. 300ރ. އިން މަތީގެ ޕެކޭޖެއް ނަމަ، 5 އެމްބީޕީއެސް އަށް ވުރެ ސްޕީޑް ދަށް ނުކުރެވޭގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ނެޓު ހެޔޮ ކުރުމުގެ ދަވަނަ މަރުހަލާއަކީ މޯބައިލް ބްރޯޑްބޭންޑުގެ އަގަށް ބަދަލު ގެނައުމެވެ. އެކަމަކު އެކަން ތަންފީޒު ކުރާނީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. މޯބައިލް ޑާާޓާ ބޭނުން ކުރާ ފަރާތްތަކަށްވެސް 20 އިން ސައްތައިގެ އެލަވަންސެއް ލިބިގެންދާނެއެވެ.

ސަރުކާރުން ނިންމާފައިވާގޮތުން ނެޓުގެ ހިދުމަތަށް ބަދަލުގެނައުމުގެ މަރުހަލާތައް އެއްކޮށް ނިމޭއިރު 70 ޕަސެންޓު އަގު ހެޔޮވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button