ޚަބަރު

ޒިނޭގެ ތުހުމަތު ސާބިތުކޮށް ނުދެވިއްޖެނަމަ ހައްދުޖަހަން ޖެހޭ: އިލްޔާސް

މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް، އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ ތުހުމަތުކުރި މީހާ ގައިގައި ހައްދު ޖަހަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙު ޒިނޭ ކުރާ ފޮޓޯތަކެއް ހުރި ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝައިހް އިލްޔާސް ވިދާޅުވީ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް، އެ ތުހުމަތު ސާބިތުކޮށް ނުދެވިއްޖެނަމަ އެމީހެއްގެ ގައިގައި ގަޒުފްގެ ހައްދު ޖަހަން ޖެހޭނެ ކަމަށާއި އަދި އެފަދަ މީހެއްގެ ހެކިބަސްވެސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި މިފަދަ މީހުން ދައުލަތުގެ އިސް މަގާމުތަކުގައި ބައިތިއްބައިގެން ވެސް ނުވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި އެމްޑީޕީގެ ގައުމީ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރައީސް ސޯލިހް އަންހެން ކުއްޖަކާއި ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ވަނީ ފޮނުވާފައެވެ. އެޕޮޓޯތައް ލީކުކޮށް ލާނެކަމުގެ އިންޒާރު ވެސް ރައީސް ނަޝީދު ވަނީ އެ ވަޓްސްއެޕް ގްރޫޕްގައި ދެއްވާފައެވެ.

3 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button