ޚަބަރު

ޝެއިހް ނިޝާން ބަންދުގެ އިސްތިއުނާފު އަޑުއެހުން މާދަމާ

ޔޯގާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށް ބަންދުކޮށްފައިވާ ޝައިހް އާދަމް ނިޝާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން މާދަމާ ފެށުމަށް ތާވަލްކޮށްފިއެވެ.

ޝައިޚް ނިޝާން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައިމާދަމާ މެންދުރު 11:15 އަށް ތާވަލްކޮށްފައިވާއިރު ނިޝާންގެ ބަންދުގެ މުއްދަތު ވަނީ ހަތަރު ފަހަރެއްގެ މަތިން ޖަހާފައެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ކަމަށް ބުނެ ޝައިހް ފަޒްލޫން ބިން މުހައްމަދު އަދި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. މިމަހު 19 ވަނަ ދުވަަހު ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި ފަޒްލޫން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

އެ މައްސަލައިގައި ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އިތުރު ގިނަ ބަޔަކު ވެސް އެ މައްސަލާގައި ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button