ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)ގެ ކެމްޕެއިންގައި އިސްކޮށް އުޅުނު އަހުމަދު އަފްރާހު (އަފްރޯ) ޕިޕީއެމާ މިއަދު ގުޅިއްޖެއެވެ.
އަފްރާހު އަކީ ހޯރަފުށީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރަމުން އައި ޒުވާނެކެވެ. ޕީޕީއެމާ ގުޅުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަފްރާހު ވަނީ ޓުވީޓެއް ކޮށްފައެވެ. އެ ޓުވީޓުގައި އޭނާ ބުނީ ލިވާތު ކުރުމާ ދެކޮޅަށް އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅުނީ ގައުމު ސަލާމަތް ކުރުމަށް ކަމުގައެވެ.
”ފާހިޝް އަމަލު ހިންގާ ޕާޓީގަ ތިބި އެކަމާ ދެކޮޅު މީހުން އަޅުގަނޑާ އެއްކޮށް މި ނިންމުމުގަ ބައިވެރިވާން ގޮވާލަން.“ އަފްރާހް ބުންޏެވެ.
އޭނާ ބުނިގޮތުގައި ޕީޕީއެމާ ގުޅުމުން ގިނަ ބަޔަކު ވަނީ މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ.
Livaathaa dhekolha MDP dhookoh alhugandh miadhu mi ninmee mi gaumu salaamai kureveynee @ProgressPartyMV ah gulhigen kan adhi PPM ai soi kuran ninmaifin! Faahish amalu hingaa party ga thibi ekamaa dhekolhu meehun alhugandaa eko mi ninmumuga baiverivan govaalan!
— Ahmed afrah 🇵🇸 (@djafromv) July 30, 2022
އިތުރު ޓުވީޓެއް ކޮށް އަފްރާހު ބުނީ ގައުމު ސަލާމަތް ކުރާނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ކަމުގައެވެ. އޭނާގެ ވިސްނުން ހުރީ 2023 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށެވެ.
Insha Allah mi gaumu salaamai kuraanee @prz_ymn! 2023 Yageen! pic.twitter.com/wB9jGn71SE
— Ahmed afrah 🇵🇸 (@djafromv) July 30, 2022
އަފްރާހުގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ޕްރޮމޯޓު ކުރަމުން އައި އެމްޑީޕީގެ ޒުވާން އެކްޓިވިސްޓު އަލީ ސާޖިދުވެސް ވަނީ ޕީޕީއެމާ މިއަދު ގުޅިފައެވެ.
އަނެއްކަ ކަލޭތިދިޔަގުރޫޕް ބޮޑުމީހާ ކިހިނެއްވާނެބާ!
ވަރަށް ގޮތްވައްތަރު މީހެއްްއެއީވެސް!