ޚަބަރުސިޔާސީ

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

2024ވަނަ އަހަރު ބޭއުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ހުޅުވައިލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ފުރުސަތު ކުރިން ހުޅުވާލާފައިވަނީ މި މަހުގެ 25 ވާ ހޯމަ ދުވަހުގެ ހަވީރު 16:00ގެ ނިޔަލަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ 26 އަދި 27 ޖެނުއަރީ 2024 ވާ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00އަށް އިތުރުކޮށްފައެވެ.
ޕްރައިމަރީއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އެމްޑީޕީގެ މެންބަރަކަށްވުމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button